ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 11919 މީހުން ރީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓަރީ ކުރުމަށް 13378 މީހުން ހުށަހެޅި ކަމަށެވެ.

އަދި އޭގެ ތެރެއިން 1459 މީހުންގެ ހުށަހެޅުން ބަލައިނުގަންނަ ކަމަށްއި 11919 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަދި ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. އަދި އެ އިސްލާހު އިއްޔެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުގެ ތާރީޚެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން