ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަމާޒަކީ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ރަށާއި ގާތުން އަދާކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކޮޅުމަޑުލުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށްރަށާއި ކައިރިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުން ކަމަށެވެ. އޭރުން ޒުވާނުންނަށް ރަށާއި މާދުރަށްނުގޮސް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާދަމް ރިފާޒްގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން ޒުވާނުންނަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ލުއިފަސޭހަކަމާއެކު ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ރިސޯޓުގައި ތިބެގެން ވަޒީފާ އަދާކުރުމަށްފަހު ކައިރީގައި އޮންނަ އަމިއްލަ ރަށަށް ފަސޭހައިން ދެވޭނެ ގޮތަކަށް ރިސޯޓުތައް އިތުރުކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތ. އަތޮޅަށް އަޅުގަނޑުމެންގެ މިދައުރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ގެންނާނަން. ވަރަށް ޔަޤީންކަން ދެން." ރައީސް ވިދާޅުވިއެވެ.



ހަމައެއާއެކު، ކޮޅުމަޑުލުގައި 3 އެއަރޕޯޓް ތަރައްޤީވެ ނިމުމުން ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތަކަށްވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު މުޅި ތ. އަތޮޅު ކަވަރު ކުރެވޭ ގޮތަށް ގިނަ ރިސޯޓުތަކެއް މި 5 އަހަރުގެ ތެރޭގައި ގެނެސްދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން