ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް ބަލީގައި މިއަދު މެންދުރު ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ އައިޖީއެމްއެޗަށް މިއަދު ހެނދުނު ގެންދިޔައީ ނޭވާލާން ދަތިތަކެއް ވެގެން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
މިއަދު ނިޔާވި މީހާއެކު މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ. ކޮވިޑް ބަލީގައި ނިޔާވި ގިނަ ދިވެހިންނަކީ އުމުރުން ދުވަސްވީ، އެނިހެން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަން ފާހަގަކޮށްލެވެއެވެ. ދެން މި ބަލީގައި ރާއްޖެއިން ނިޔާވެފައި ވަނީ ގިނައިން ބަންގްލަދޭޝް މީހުންނެވެ.
ބަލިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު މިހާރުވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު