އެންމެންނަށް ސަބްސިޑީ ދިނުމާއި ތަރައްގީގެ ހުރިހާ މަޝްރޫއުުތައް ކުރިއަށް ގެންދިއުމަކީ އެދެވޭ ގޮތެއް ނޫން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ އިސް ބޭފުޅުން ދާދި ފަހުން ރާއްޖެއަށް ވަނީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނާއިބު ރައީސް މާޓިން ރެއިސާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މާޓިން ވަނީ ކ. މާފުއްޓަށް ވެސް އެ ދަތުރުފުޅުގައި ޒިޔާރަތް ކުރައްވައިފަ އެވެ.

އެކްސްގައި މާޓިން އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ފަތުރުވެރިކަމާއެކު އެ ރަށަށް ވަރަށް ބޮޑު ފާގަތިކަމެއް އައިސްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ސިއްހީ އަދި ތައުލީމީ ކަންކަމުގައި އެ ރަށަށް ބޭނުންވާ ތަރައްގީ ނުގެނެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތު ކުރިއަށް ވުރެ ވެސް މިހާރު ނާޒުކު ވެފައިވާ ކަމަށާއި އެހެންވެ މާފުށި ފަދަ ރަށްރަށުގައި އުޅޭ މީހުންގެ ތަރައްގީގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އެންމެންނަށް ސަބްސިޑީއެއް ނުދެވޭނެ ކަމަށާއި އަދި ތަރައްގީގެ ހުރިހާ މަޝްރޫއުތައް ވެސް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަބްސިޑީއަށް އެންމެ ބޭނުންވާ މީހުންނަށް ސަބްސިޑީދީ އަދި ތަރައްގީގެ މަޝްރޫއުތަކުން ވެސް ހިންގަން ޖެހޭނީ އެންމެ އިސްކަން ދޭން ޖެހޭ ކަންކަން ކަމަށް މާޓިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން