މިޔަރެއް ހަމަލާދީ ޒަހަމްކޮށްލި މަސްވެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަަށް އޭނާއަށް ފަރުވާ ދެމުން ގެންދާ ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މި ހަމަލާގައި ފާނައިގެ މަސްވެރިކަމުގައި އުޅުނު 28 އަހަރުގެ އެ މަސްވެރިޔާގެ ކަނާތަށް ވަރަށް ފުން ޒަހަމްތަކެއް ލިބުނެވެ.

ޒަހަމްކޮށްލި ތަނުގައި ހަ އިންޗިއަށް ހުރިއިރު އަތުން ލޭ މަނާ ނުވެގެން ފަހުން ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.

ކުޅުދުއްފުށީ ހޮސްޕިަލުން ބުނީ އެ މީހާގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި އަދި މިހާރު ހާލު ސްޓޭބަލް ކަމަށެވެ.

ރާއްޖޭގައި މިޔަރު ހަމަލާ ދިނުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް މިޔަރު ހިމާޔަތް ކުރި ފަހުން މިޔަރުގެ އާބާދީ ބޮޑު ހަމަލާތައް ދިނުމުގެ ހާދިސާތައް މަޑުމަޑުން ދަނީ ހިނގަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން