ގަލޮޅު ދަނޑުގައި އިއްޔެ ހިންގި މާރާމާރީގެ ތެރެއިން
ގަލޮޅު ދަނޑުގައި އިއްޔެ ހިންގި މާރާމާރީގެ ތެރެއިން
ގަލޮޅުދަނޑުގައި އިއްޔެ ހިންގި މާރާމާރީގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

އިއްޔެ މާރާމާރީ ހިންގީ ދެވަނަ ޑިވިޝަންގެ ފުޓްބޯލަ މުބާރާތެއްގެ މެޗެއް ހިނގަމުން ދަނިކޮށެވެ. ކުޑަހެންވޭރާއި ވިކްޓްރީ ކުޅުނު އެ މެޗުގެ ފަހު 10 މިނެޓްގެ ތެރޭގައި ހިންގި މިމާރާމާއީގައި ވަނީ ވިކްޓްރީގެ ކޯޗު ސޮބާހު މުހައްމަދަށް ވެސް ހަމަލާ ދީފަ އެވެ،

މެޗު ހޫނުވެ މާރާމާރީއަކާ ހަމައަށް ދިޔައީ ފައުލަކާ ގުޅިގެން ކުޅުންތެރިޔަކު ކޮޅުފައިން ޖެހުމުން އޭނާއަށް ރަތް ކާޑުެގެ ބަދަލުގައި ރީނދޫ ކާޑެއް ދެއްކުމުން ނެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗުތަކުގައި މާރާމާރީގެ ހާދިސާތަކަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން