މާލެއިން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެކުންފުނީގެ ފީޑަރެއް އޮފްވެގެން ކަމަށެވެ. އަދި މިމައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މިވަގުތު އެނަރޖައިޒް ނުކުރެވި ވަނީ ރައީސް އޮފީހުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު އެކަނިކަމަށެވެ. އަދި އެ ޓްރާންސްފޯމަރުގެ ސްވިޗްގިއަރ އަށް މައްސަލައެއް ދިމާވެފައިވާތީ، އެ ސްވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ކަރަންޓުގެ ޚިދުމަތް ނުލިބިވާ އެއްވެސް ކަސްޓަމަރެއް ވާނަމަ، ސްޓެލްކޯގެ އެމަރޖެންސީ ނަމްބަރު 104 އަށް ގުޅުއްވުމަށް އެކުންފުނިން އެދިފައިވެއެވެ.



ކަރަންޓު ކެނޑުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން