މާލެ މަގުމަތި. ފޮޓޯ: ފަހީމް، ރަސްއޮންލައިން.
މާލެ މަގުމަތި. ފޮޓޯ: ފަހީމް، ރަސްއޮންލައިން.
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ދެ ގަޑިއެއްހާއިރަށް ކަމަށެވެ.

އެގޮތުން ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން