ތ. ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަވައިފި އެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ކިނބިދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ އެ ރަށާ ކައިރީގައި އޮންނަ ވޭމަންޑޫއާ އެއްފަސްވެގެން ދިއުން ކަމަށެވެ،

އެހެންވެ އެކަން ޔަގީންކޮށް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކެމްޕޭންގެ ތެރޭގައި ދެއްކެވީ ހަމަ ހުރެލާފައި ދެއްކެވި ވާހަކަފުޅުތަކެއް ނޫން ކަމަށާއި އެ ވައުދުވި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

"އެހެންވީމާ [ކިނބިދޫ-ވޭމަންޑޫ] ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް އިރާދަ ކުރެއްވިއްޔާ ހަދައިދޭނަން. މި އަތޮޅުގައި ދެ ކޯޒްވޭ އަޅަން ޖެހިފައި މިއޮތީ. އެހެންވީމާ މަޑިފުއްޓާއި ދިޔަމިނގިލ؛ީ ކޯޒްވޭއާއި ކިނބިދޫ- ވޭމަންޑޫ ކޯޒްވޭ ހަގީގަތަކަށް ހަދައިދޭނަން." ރައީސް ވިދާޅުވި އެވެ،

ރައީސް ވިދާޅުވީ ކަޑަ ޖަހާފައި ކަންކަން ކޮށްދޭނެ ކަމަށް އެމަނިކުފާނަށް ވެސް ވިދާޅުވެވިދާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ ވާހަކަތައް ވިދާޅުވަނީ ހަގީގީ މާނައިގައި ކަމަށެވެ.

"އެހެންވީމާ އެންމެ އިސްކަން ދޭނީ ކޯޒްވޭއަށް. ދެން ހުރި ކަންކަން ވެސް ބަޖެޓުގެ ތެރެއިން އެކި މިނިސްޓްރީތަކާއި ކައުންސިލްތަކުން ވާހަކަ ދައްކައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި، މާނައަކީ މި މަސް ތެރޭގައި މި ފެބްރުއަރީ މަސް ތެރޭގައި ތި ބޭފުޅުން ނިންމަވައިދެއްވަންވަންވީ. ކޮންމެ ރަށެއްގައި ވެސް މި ދަތުރުގައި އެބަ ދަންނަވަން ހަމަ މިވާޙަކަ. ކުރިއަށް އޮތް ދެތިން ހަފުތާ ބޭނުންކުރައްވާށޭ ތަރުތީބުކޮށްލަން ތަރައްގީގެ މަޝްރޫއުތައް، ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާއެކީގައި. އެ ވުޒާރާތަކުން ރައީސް އޮފީހާ ކޯޑިނޭޓް ކުރައްވާނެ. ކުރީމަ އަޅުގަނޑު ނިންމަދޭނަން." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން