އަހުޒަމް އަޙްމަދު   8 ފެބްރުއަރީ 2024 - 19:11
މިދިޔަ އަހަރު އަލަށް 13،798 ދިވެހީން ޕާސްޕޯޓު ހެއްދި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 66،528 ދިވެހީން ޕާސްޕޯޓް ހެއްދި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މުއްދަތު ހަމަވެގެން ހެއްދި 51484 ޕާސްޕޯޓާއި އަލަަށް ހެއްދި 13،798 ޕާސްޕޯޓެވެ.

އޭގެ އިތުރުން ސަފުހާ ފުރުމާއި، ގެއްލިގެންނާއި މައުލޫމާތު ބަދަލުވެގެންނާއި އަދި ހަލާކުވެގެން ވެސް ޕާސްޕޯޓް ހައްދާފައި ވެއެެވެ.

އެގޮތުން ގެއްލިގެން 977 ޕާސްޕޯޓް ހައްދާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓް ހެއްދުމަށް ހުށަހެޅުމުގައި މިހާރު އޮންނަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ.

އެގޮތުން އޮއްލައިންކޮށް ވެސް ޕާސްޕޯޓަށް މިހާރު ހުށަހެެޅެއެވެ.

އަދި އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީއިން ވެސް ޕާސްޕޯޓް މިހާރު އަވަހަށް ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން