ބ. ކަމަދޫން ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަމަދޫން ޕޮޒިޓިވް ވި މީހާ ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގެ 14 ދުވަސް ހަމަކުރުމަށްފަހު ހެދި ޓެސްޓުންނެވެ. އެ މީހާއަކީ އެރަށުގައި މިހާރު ހޯމް ކަރަންޓިންގައި ތިބި ނުވަ މީހުންގެ ތެރެއިން މީހެކެވެ. އެއީ ބަންގްލަދޭޝް މީހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާތަނަށް ބ. އަތޮޅުގެ ތިން ރަށަކާއި ރިސޯޓަކުން ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން އޭދަފުށީ ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކާއި، ހިތާދޫގައި ހޯމް ކަރަންޓީނުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިދިޔަ އަންގާރަ ދުވަހު ހއ. ކެލާ އިން ވެސް މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ޖުލައި 27 ވަނަ ދުވަހު ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަން އުޅުނު 4 މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މި ރަށްތަކުގެ އިތުރުން ސޮނޭވާ ޖާނީ (ނ. މެދުފަރު)، ޅ. ކުރެންދޫ އަދި ކ. މާފުށީގައި ވެސް އެކްޓިވް ކޭސްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނުގައި ތިބޭ ބައެއް މީހުން ދަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވަމުންނެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު އަނެއްކާ ވަނީ އިތުރަށް ގޯސްވެ ބަލިޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު