ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މެޑިކަލް ސްކޫލަކާއި ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރަން ނިންމައިފި އެވެ.

ގައުމީ ޔުނިވާސިޓީ (އެމްްއެންޔޫ)ގެ މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް މިހާރު ބޭނުންކުރަމުން ދަނީ ދަރުމަވަންތަ ސްކޫލުގެ ދެ ފަންގިފިލާ އެވެ. ނަމަވެސް އަހަރުން އަހަރަށް މެޑިކަލް ސްކޫލުގައި ޑޮކްޓަރުކަން ކިޔަވާ ކުދިން އިތުރުވަމުންދާ އިރު ޖާހައިގެ ދަތިކަން ދަނީ ކުރިމަތިވަމުން ނެވެ.

އެހެންވެ މިހާރު ހުޅުމާލޭގެ 5700 އަކަމީޓަރުގެ ސަރަޙައްދެއްގައި މެޑިކަލް ސްކޫލަކާއި ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުން ޑިޒައިންކޮށްފައިވާ މެޑިކަލް ސްކޫލާއި އަދި ޓީޗިން ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފަށައި ދެ އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމައި އެތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

އެ ސްކޫލުގައި އެއް ފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭ އިރު ދަރިވަރުންނަށް ހާއްސަ އެކޮމަޑޭޝަން ބްލޮކްތަކެއް ވެސް ހުންނާނެ އެވެ. އެ ތަނުގައި ތަރައްގީ ކުރަނީ 300 އެނދުުގެ ހޮސްޕިޓަލެކެވެ.

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު އެވެ. އަދި 2019 ވަނަ އަހަރު ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށުމާއެކު އެ ކޯހުގައިވެސް ހިލޭ ކިޔެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން