ރާއްޖޭގެ ގަވައިދުތަކަކީ ތަންފީޒުކުރާ އެއްޗެއް ނޫން ކަމަށް ބިދޭސީން ގަބޫލުކުރާ ކުރުން ނިމުމަކަށް ގެންނަން އަޅުގަނޑުމެން ސީރިއަސް ވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އެކުލަވައިލި އައު "މެޑިކަލް ހެދުމުގެ އުސޫލު" އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އަދި ގަވައިދާ އެއްގޮތަށް އަންނަ ބިދޭސީންގެ މެޑިކަލް ސްކްރީން ހެދުމުގައި އޮތީ ފަރުވާ ކުޑަކުރެވިފައި ކަމަށެވެ.

އެއާއެކު މީގެސަބަބުން އާންމު ސިއްހަތަށް ނުރައްކާވެފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ އޭގެ ސަބަބުން ގައުމީ ފެންވަރުގެ ކާރިސާއަކަށް އެކަންކަން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އާ އުސޫލު ހެދުމަށް ފަހު ދެން އޮތް ސްޓޭޖަކީ އެ އުސޫލުތައް ގަވައިދާ އެއްގޮތަށް ތަންފީޒުކުރުން ކަމަށެވެ. އަދި ގަވައިދެއް އެކުލަވާލުމަށްފަހު އެންމެން އެއަށް ބޯލަނބާ އަމަލުކުރާނެ ކަމަށް އުއްމީދުކުރި ނަމަވެސް އެންމެން އަމަލުކުރަނީ އެގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ލޯ އެންފޯސްމަންޓް އޭޖެންސީތަކުން އެ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބިދޭސީންގެ ތެރޭގައި ގަބޫލުކުރުމެއް އެބަ ގަބޫލުކުރެވޭ ރާއްޖޭގައި މިފަދަ މިންގަނޑުތަކަކީ އެހާ ބޮޑަށް އެންފޯސް ކުރާ އެއްޗެއް ނޫން ކަމަށް. އެހެންވުމާއެކު އެ މީހުންގެ ތެރޭގައި އެބަތިބި މިފަދަ ބަލިތައް ކެރީ ކުރާ މީހުން. ތިމަންނަމެން ކޮންމެވެސް ލޫޕްހޯލަކުން ރާއްޖޭގައި އުޅެވޭނެ ކޮންމެވެސް ގޮތެއް ހޯދައިދޭނެކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެގޮތަށް ފައިދާ ނަގައިގެން އުޅޭ ބިދޭސީންގެ ވިސްނުން ބަދަލުކުރާ މިންވަރަަށް އަޅުގަނޑުމެން ސީރިއަސް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންވެސް ގަބޫލެއް ނުކުރާނަން ބޭރު ގައުމަކަށް ގޮސް އެ ގައުމެއްގައި އޮންނަ ސްޓޭންޑާޑް އެހާ ފަސޭހައިން ބްރޭކްކޮށްލާނެ ކަމަކަށް. އެހެން ނަމަވެސް ރާއްޖޭގައި މިއަދު އޮތް ހާލަތަކީ ބިދޭސީން އެބަ ގަބޫލު ކުރޭ ރާއްޖޭގައި އޮންނަ މިންގަނޑަކީ ސީރިއަސް އެއްޗެއް ނޫން ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޑެވިލް

19-Feb-2024

ގަވައިދު ތަންފީޒު ކުރޭ. ކޮރަޕްޓް ނޫން އާދައިގެ މީހުނަށް.



ޓްރެންޑިން