އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ގުޅޭ ގޮތުން ކަމަށާއި އެކަން ރަނގަޅު ވެއްޖެނަމަ ދެން ހުރި ކަންކަން ރަނގަޅުވެދާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ކީރިތި ރަސޫލާ (ﷺ) ގެ އިސްރާއާ މިއުރާޖުގެ ދަތުރުފުޅުގައި މާތްﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށެވެ.

ހަމަ އެހެންމެ ކީރިތި ރަސޫލުﷲ (ﷺ) އެކަލޭގެފާނުގެ އަޚުން ކަމުގައިވާ ނަބީބޭލުންނާއެކު އިމާމުވެ ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަރީއާގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެެގެންދާނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އަދި އެހެން ފަރާތެއް މެދުވެރި ނުކުރައްވައީ ސީދާ މާތްﷲ މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން އެ ފަރީޟާގެ މަތިވެރިކަން އެނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.

"ރަސޫލާ ބަޔާންކުރަށަށްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އީމާންކަން މިނެދޭ މިންގަނޑެވެ. މަހުޝަރުގެ ބިމުގައި ހިސާބު ބެއްލެވޭއިރު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. އެކަން ރަނގަޅުވެއްޖެ މީހާގެ ދެން ހުރި ކަންކަން ރަނގަޅުވެދެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަސިއްޔަތުގައި ވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވައިފައި ވެއެެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އިސްރާއާއި މިއުރާޖުގެ ހާދިސާއަކީ މީސްތަކުންނާއެކު މުއާމަލާތް ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ހާދިސާއެއް ކަމަށެވެ. އަދި އެ ވާހަކަ ކީރިތި ރަސޫލާ ވިދާޅުވެ ދެއްވުމުން މީސްތަކުން ބައިބަޔަށް ބެހިގެން ދިޔަ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އަދި ބައެއް މީހުން އެ ވާހަކަތައް ގަބޫލުކުރި އިރު އަނެއް ބަޔަކު އެކަން ގަބޫލު ނުކުރި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން