ފެނަކައަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް ޕޮލިޓެކްނިކާއި ފެނަކައާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫއަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނާއި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދަށް ފެނަކަ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއްހަމަކުރުމަށާއި، ޕޮލިޓެކްނިކްގެ ދަސްވާރުންނަށް "އިންޑަސްޓިރިއަލް އެކްސްޕީރިއެންސް" ހޯދައިދިނުމުގެ ގޮތުން ސޮއިކުރެވުނު އެމްއޯޔޫއެއްކަމަށް ފެނަކައިން ބުނެއެވެ.



މިދިޔަ ބުރާސްފަތި ދުވަހު ފެނަކާގެ ހެޑްއޮފީހުގައި އޮތް ހާއްސަ ރަސްމިޔާތެއްގައި މިފަހުމުނާމާގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީން އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން