ޗައިނާ އާއަހަރުގެ މުނާސަބާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ ޝިންހުއާ ނިއުސް މެދުވެރިކޮށް ޗައިނާ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއީ އެކުވެރިކަމާއި، ކުރިއެރުމާއި ފާގަތިކަން ރަމްޒުކޮށްދޭ މުނާސަބާއެއް ކަމަށެވެ.

އަދި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންގެ ފަރާތުންނާއި އެ މަނިކުފާނުގެ ނަންފުޅުގައި ޗައިނާގެ ސަރުކާރާއި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ. ރައީސް ވަނީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.



"އުންމީދު ކުރަނީ މި މުނާސަބާއަކީ އުފާވެރިކަމާއި، ކާމިޔާބު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށް ވެސް ލިބޭނެ މުނާސަބާއަކަށްވުން،" ރައީސްގެ މެސެޖްގައި ވިދާޅުވިއެވެ.

ލޫނާ ނިއު އިޔާ އަކީ ޗައިނާއިން އެންމެ ކުލަގަދަކޮށް ފާހަގަކުރަމުން ގެންދާ މުނާސަބާތެކެވެ. އެންމެ ގިނަ ބައެއް ފާހަގަކުރާ އުފާވެރި ބޮޑު ދުވަހެއްގެ ގޮތުގައި އެދުވަސް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން