މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އޮފީހެއް ދުބާއީގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، ބައިނަލްއަޤުވާމީ މާކެޓްގައި އެކުންފުނިން ކުރަމުންދާ މަސައްކަތުގައި މިވަގުތު އެންމެ އިސްކަމެއްދެނީ ދުބާއީގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ފަސޭހަކުރުމަށްޓަކައި އެ ގައުމުގައި އޮފީހެއް ހުޅުވުމަށް ކަމަށެވެ. އެގޮތުން އެމަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓޭޓް ޝިޕިންގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މިވަގުތުވެސް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މުދާ އުފުލުމުގެ ޤާބިލުކަން އެ ކުންފުނީގައި ހުރި ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަކި ގައުމަކަށް ބަރޯސާވުން ކުޑަކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަޞައްވަރު ޙަޤީޤަތަކަށް ހެދުންކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

"ދުނިޔޭގެ އެކިހިސާބުތަކުގައި އަޅުގަނޑުމެންގެ ދެހާހެއްހާ ކޮންޓެއިނަރު އުޅޭނެ. ވަރަށް ގިނަ ގައުމުތަކުގައި އަޅުގަނޑުމެންގެ އޭޖެންޓުން ތިބޭނެ." ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ހިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން