ކޯވިޑް-19ގެ އަދާހަމަ މައުލޫމާތު
ކޯވިޑް-19ގެ އަދާހަމަ މައުލޫމާތު
ރާއްޖެއިން އިތުރު 152 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބުރާސްފަތި ދުވަހު 152 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މީގެތެރެއިން މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ 142 މީހަކު ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 10 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަނގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ 5 މީހަކާ ސްރީލަންކާއަށް ނިސްބަތްވާ 4 މީހެކެވެ.

ރިކޯޑު އަދަދަކަށް މިއަދު މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3719 އަށް އަރާފައެވެ.

މިއަދު 14 މީހުން ކޮވިޑް ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2568 އަށް އަރާފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ކުރާ މީހުންގެ އަދަދަކީ 1120 އެވެ.

އޭގެ އިތުރުން، މިވަގުތުވެސް 657 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުން ދާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި 59 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ޚާއްސަކޮށް ފުރަބަންދަށް ލުއި ދިނުމުގެ 3 ވަނަ މަރުޙަލާ ފެށި ފަހުން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. މިހާރު ޕޮޒިޓިވް ވަމުންދާ މީހުންގެ ތެރޭގައި ގިނައީ ދިވެހީން ކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 16 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން