ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އާއި ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މެޗު ނިމެމުން ދަނިކޮށް ވިކްޓްރީގެ ބެންޗާ ދިމާއިން ވިކްޓްރީގެ ކުޅުންތެރިއަކާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަނުންގެ މެދުގައި ވަނީ ހަމަނުހެހުން ހިނގާ ދަނޑަށް އަރާ މާރާމާރީ ހިންގާފައެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދަނޑުގައި އެވަގުތު ތިބި ފުލުހުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެ ހަމަނުޖެހުމުގައި އެކި ފަރާތްތަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

81 ވަނަ މިނެޓްގައި މެޗް ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން