މާލެސިޓީ ލޮކްޑައުންގައި އޮތް އިރު މާލޭގެ މަންޒަރެއް
މާލެސިޓީ ލޮކްޑައުންގައި އޮތް އިރު މާލޭގެ މަންޒަރެއް
އާންމު ތަންތާނގައި މާސްކް ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިއްމައިފައިވާ ކަމަށް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާސްކް ނާޅާ މަގުމަތީގައި ހަރަކާތްތެރިވާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅާ މަގުމަތީގައި އުޅޭ ފަރާތްތައް ފާހަގަކޮށް އެކަން ފުލުހުން ބަލަން ފަށާނެ ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިކަމުގެ އުސޫލު އެކުލަވާލާ އެޗްއީއޯސީގެ ފަރާތުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

މާސްކް އެޅުމަށް ސަރުކާރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. ރައީސް އޮފީހުން މިރޭ ބުނީ މިކަން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ނޭޝަނަލް ޓާސްކް ފޯސް މީޓިންގ އަކަށް ފަހުގައި ކަމަށެވެ. ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށާއި ތަންތަނަށް ދިޔުން މަދުކުރުމަށް އަދި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމަށް ރައީސް އޮފީހުން މިރޭ ވަނީ އިލްތިމާސްކޮށްފައެވެ.

މާސްކު އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ އެކަމަށް އެތައް ބަޔަކު ގޮވާލައި ކޮވިޑް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. މިއަދު އެކަނި ވެސް 152 މީހުން ކޮވިޑަށް ރާއްޖެ އިން ވަނީ ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން