ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅާނީ އޭސީސީ އާއި އެޓާނީޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކުރިން ކަނޑައެޅި 4000 މީހުންގެ ލިސްޓަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ މިހާރު އަންނަނީ ކުރަމުންނެވެ. އޭސީސީން ބުނީ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.





ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގައި އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށް އެބަޔާނުގައިވެއެވެ.

އޭގެފަހުން ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފްލެޓް ލިސްޓްގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭ.ސީ.ސީއާއި އެޓަރނީ ޖެނެރަލްގެ ލަފާ ގެ މަތިން ކަމަށެވެ. އަދި އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެމިިނިސްޓްރީން ބުނެއެެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިން ގޮޮތުގެ މައްސަލަތަކެއް އޭސީސީން މިހާރު ވެސް ގެންދަނީ ބަލަމުންނެވެ. ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އެކިފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފްލެޓް

19-Feb-2024

ރަމަން ރަމަން ފޯލި ކުޅެނީ. މިނޫނީ އަޅެ ފްލެޓެއް ބަޔަކަށް ނުދޭތަ. ހީވަނީ ވަކިބަޔަކަށް ދޭންއުޅޭހެން



ޓްރެންޑިން