އޮގަސްޓް މަހު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވާނެ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ރާއްޖޭގެ ބަލީގެ ހާލަތު ދެނެގަނެ ތައްޔާރުކޮށްފައިވާ ޕްރޮޖެކްޝަން ހިއްސާކުރައްވާ ޑރ. ޝީނާ މޫސާ ވިދާޅުވީ އޮގަސްޓް މަހު ކޮވިޑްގެ ހާލަތު ނުރައްކާ ހާލަތަކަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާ މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވިއެވެ. އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ޕްރޮޖެކްޝަން އިން ނުދައްކައެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަންގައި ބުނާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހޭނެއެވެ. މުޅި ސެޕްޓެންބަރ މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އެމަހު 293 މީހަކަށް ބަލިޖެހިގެން ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ޑރ. ޝީނާ މޫސާ ހެއްދެވި ޕްރޮޖެކްޝަންގައި ބުނެފައިވެއެވެ. މީގެ އިތުރުން އޮކްޓޫބަރު މަހުގެ ތެރޭގައި 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޮކުޓޫންބަރ މަހު ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ އެ ޕްރޮޖެކްޝަންގައި ލަފާކޮށްފައެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ޑރ.ވިދާޅުވިއެވެ. ނޮވެންބަރު މަހުގެ ތެރޭގައި ދުވާލަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހަކަށް ކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވިއެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ޑރ. ޝީނާ ލަފާކުރަށްވާފައި ވެއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު