އަނެއްކާވެސް އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދުގެ ރެކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއަދު ރާއްޖެއަށް 10،213 ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށެވެ.

އެހެންކަމުން ރާއްޖެއިން އަމާޒު ހިފާފައިވާ މިންވަރު ހާސިލުކުރުމަށް މަސައްކަތް ކުރި ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް އޭނާ ތައުރީފް ކުރެއްވި އެވެ.

މި މަސް ފެށުނު ފަހުން މި މަހުގެ ތިން ވަނަ ދުވަހު ވެސް ވަނީ ރެކޯޑް އަދަދެއްފެ ފަތުރުވެރިން އައިސްފަ އެވެ. އެއީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް އައި 8،900 ފަތުރުވެރިންނާއެކު އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ.

އަދި ދެވަނައިގައި އިޓަލީ އަދި ތިން ވަނަ އަށް އެންމެ ގިނައިން އަންނަ ގައުމަކަށް ރަޝިއާ ވަނީ ވެފަ އެވެ.

މި އަހަރުގެ މިހާތަނަށް 250،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން