ހއ. ކެލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކެލާގެ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެ، އެކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން އިތުރު ނުވަ ފަރާތެއް ކޮވިޑަށް ޓެސްޓު ކުރެވި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ދެނެގަނެވިފައި ވާކަމަށެވެ. އެ ބޯޓު މާލޭގައި ދެ ހަފުތާ ވަންދެން އޮތުމަށް ފަހު ރަށަށް ފުރީ މިމަހުގެ 24 ވަނަ ދުވަހެވެ. އޭރު ވެސް ބަލީގެ އަލާމާތް ކެޕްޓަންގެ ގައިގައި ހުރި ކަމަށް އެމީހާ މައުލޫމާތުދޭ ކަމަށާއި ބައްޔަށް ޓެސްޓްކުރީ އަތޮޅަށް ދިއުމަށް ފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 152 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 142 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ އިންނެވެ. ދިހަ މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.
އަތޮޅުތަކުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބ. ކަމަދޫގައި ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން އެކަކަކާއި ހއ. ކެލައިން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނުވަ މީހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު