ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގަނީ
ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގަނީ
ކޯވިޑް-19 ގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ނުވަތަ ޕޮޒިޓިވްވީ ކިހިނެއްކަން ނޭނގޭ 193 ކޭސްއެއް ހަފްތާއެއްގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް 462 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 193 މީހުންނަކީ ޕޮޒިޓިވްވީ ކާކުގެ ފަރާތުންކަން ނޭނގޭ އެއްވެސް ކްލަސްޓާ އަކާއި ގުޅުމެއް ނެތް ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއީ މިހާތަނަށް ޕޮޒިޓިވްވީ ގޮތް ނޭނގި ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެންމެ ގިނަވި ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އެންމެ ގިނަވި ފަހަރު އެއަދަދު 40 ޕަސެންޓްގައި ހުރި ނަމަވެސް މިހާރު އެ އަދަދު ވަނީ 42 ޕަސެންޓަަށް އަރާފަ އެވެ.

"އެހެންވީމަ އެއީ ވަރަށް ބޮޑަށް ހާސްވާންވީ ކަމެއް. ލިންކުނުވެ މިހެން މީހުން ޕޮޒިޓިވްވުމަކީ މުޖުތަމައު ތެރޭގައި އުޅޭނެއޭ އަދި ނޭނގި ޕޮޒިޓިވްވާ މީހުން." ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ތިމާގެ ފަރާތުން އެހެން މީހަކަށް އިންފެކްޝަން ދިޔަ ނުދިނުމަށް އުޅެންވީ ވަރަށް ބޮޑަށް ވިސްނައިގެން ކަން ފާހަަގަކުރައްވަމުން ޑރ. ނަޒްލާ ވަނީ ގައިދުރުމިން ބެހެއްޓުމާއި މާސްކް އެޅުން އަދި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ސާފު ކުރުމުގެ އިތުރުން މީހުން އެއްވެ އުޅޭތަންތަނަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިޔުމަށް އިލްތިމާސް ކުރައްވާ ފައެވެ.

މިއަދު އެކަނި 152 މީހަކު ޕޮޒިޓިވްވެފަައިވާއިރު މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަން ފާހަގަކޮށްލެވެއެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން