އިބްރާހިމް ފަހީމް   13 ފެބްރުއަރީ 2024 - 1:55
ހަށިވިއްކުމަށް މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި 111 ތަނެއް ހިންގާކަން ހޯދިފައިވާކަމަށް ހޯމްލޭންޑް އެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ، އެ މިނިސްޓްރީން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ވެސް ހިމެނޭހެން މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިނިސްޓްރީން ހިންގި ތަހުގީގުތަކުން ސްޕާތަކުގެ ނަމުގައާއި މަސާޖުޕާލާތަކުގެ ނަމުގައި 111 ތަނެއްގައި ހަށިވިއްކުމަށް މާލެއާއި މާލެ ސަރަހައްދުގައި ހިންގާކަން ހޯދިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ ތަންތަނާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެފަދަ ތަންތަނުގައި ޓޫރިސްޓް ވިސާގައި ރާއްޖޭން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށް ގެންދާކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތައް ހޯދާ ހައްޔަރުކޮށް، ޑީޕޯޓް ކޮށްލުމަކީ މިހާރު ގެންގުޅޭ ޕޮލިސީ ކަމަށާއި އެފަދަ ގައުމުތަކުގެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން