ޑރ. އަނަރާ ނައީމް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި އަނާރާ ވާދަކުރެއްވީ ހުރާ ދާއިރާއަށެވެ. ނަމަވެސް، ޢަބްދުﷲ ވާރިޝާއި ވާދަކުރަށްވައި ޕްރައިމަރީ އިން ބަލިވެވަޑައިގަތުމުން އަނާރައަށް ޓިކެޓް ލިބޭގޮތެއް ނުވިއެވެ.

އޭގެފަހުން، ހުރާ ދާއިރާގައި ހިމެނޭ ހިންމަފުއްޓަށް މިއަދު އަނާރާވަނީ ވަޑައިގެންފައެވެ. އަދި އެ ރަށަށް ވަޑައިގެންނެވިއިރު ގިނަ ބަޔަކު އެކަމަނާއަށް މަރުހަބާ ކިޔަން ބަނދަރުމަތީގައި ސަފުހަދާފައިވާ ވީޑިއޯއެއް އާންމުކުރައްވާ އަނާރާ ވަނީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރެއްވުމަށް ރައްޔިތުން އެދެމުންދާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ވާދަކުރައްވަން ނިންމެވިކަމެއް ސީދާ ހާމަ ކުރައްވާފައެއް ނުވެއެވެ.

އަނާރާ އަމިއްލަގޮތުން ވާދަކުރެއްވުމުގެ ވާހަކަތަކެއް ފެތުރިފައިވާއިރު، ޕްރައިމަރީ އިން ބަލިވި ބައެއް ކެންޑިޑޭޓުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާއީދާއިއެކު އަމިއްލަގޮތުން ވާދަކުރާކަމުގެ ޝަކުވާގެ އަޑުތައް ޕާޓީތެރޭ ވަނީ ގަދަވެފައެވެ.

އަނާރާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން