މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް އެޕާޓީ އުވާލަން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން އެމްއާރުއެމްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އަކާއި ގުޅިގެން އެކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރިއިރު އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އަންގާ އެކޯޓުން މީގެ ކުރިން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފު ކަމަށް ބުނެ އެ ނިންމުން މުރާޖައާ ކޮށްދޭން އެދުނު ނަމަވެސް ކޮމިޝަނުން ވަނީ ނިންމުން މުރާޖައާ ކުރުމަށް ދެކޮޅު ހަދާފައެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން