ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމަށް 183 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިއަދު 115 މީހަކު ފޯމް ހުށަހަޅާފައިވާކަމަށެވެ. އެ އެފޯމްތަކާއި އެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށައެޅި މީހުންގެ އަދަދު 183 އަށް އަރާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން