ކުރިއަށް އޮތް ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ލ. މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.



އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ގައުމިއްޔަތު މާއްދާ ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން ގެންދަނީ ޕައިލެޓް ޕްރޮޖެކްޓް ފޭސް ތަކެއްގެ ގޮތުގައިކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފައްޓަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލެޓް ކުރެއްވުމުގެ މަސައްކަތްތަކެއް އެ ހިނގަނީ. ދެން މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވިއްޔާ ދެންފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޖާނޭ

17-Feb-2024

އިންސާނިއްޔަތު ކިޔަވައިދޭންވީ ޤައުމިއްޔަތެއްނޫން ކިޔަވައިދޭންވީ މިހާރުވެސް މިއުޅެނީ އިންސާނިއްޔަތުކަމެއް ޤައުމުގައިނެތިގެން ވަރަށް ވަރަށްސާފް



ޓްރެންޑިން