ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނަހުލާގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅުއްވާފައިވަނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅެެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ އެކަމަނާ ފޯމު ހުށަހަޅުއްވަން މަންމަ ހަދީޖާ އިބްރާހިމްއާއި ބައްޕަ ހަސަން ޒަރީރު ވަޑައިގެންނެވި ފޮޓޯއެއް "އެކްސް" ގައި އާންމުކުރައްވާފައެވެ. ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ހުށަހެޅުއްވި ފޯމް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާފައިވާ ކަމަށެވެ.

ނަހުލާ ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ފިރިކަލުން ގާސިމާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލަށްލައިގެން ކުރި އަނިޔާތަކާއި ގުޅިގެންނެވެ.

އެއަށްފަހު، ނަހުލާ ވަނީ 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސް ޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައެވެ. ވަޒީރު ކަމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ނަހުލާ ގެންނެވިއެވެ.

ނަހުލާ ވަނީ 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުކަމުގެ ޝަރަފްވެސް ހޯއްދަވާފައެވެ.

މީގެއިތުރުން އެކަމަނާއަކީ އިޖްތިމާއީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަނބަލެކެވެ. އެގޮތުން، އައިޝާ ދަނީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވާ ޖަމިއްޔާގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އެތައް މަސައްކަތެއް ކޮށްދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަސަނު

19-Feb-2024

seytu jalah lee baghaaviy gennanulhegen ekan neygey meeheh noolheyne



ޓްރެންޑިން