މިދިޔަ އަހަރު ސައުދީ އަރަބިއްޔާއަށް 27 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައުދީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަލް ޚަތީބު ވިދާޅުވީ މިދިޔަ އަހަރު އެ ގައުމުގެ ލޯކަލް ފަތުރުވެރިކަމާއި އަދި ބޭރުން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަރަށް މައްޗަށް ޖެހިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު 27 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރި އިރު ސައުދީގެ ލޯކަލް ފަތުރުވެރިންގެ އަދަދު 77 މިލިއަނަށް އަރާ ކަަމަށް ވެއެވެ.

އެއާއެކު މިދިޔަ އަހަރު ޖުމްލަ 100 މިލިއަން ފަތުރުވެރިންނަށް އެ ގައުމުގައި ހިދުމަތް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީން 2030 އަށް ކަނޑައަޅާފައިވާ ޓާގެޓަކީ 150 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ވެސް ބުނެފައި ވެއެވެ.

ސައުދީއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ހައްޖާއި އުމްރާ އަށެވެ.

ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތެލަށް ބަރޯސާވުން ކުޑަކޮށް ފަތުރުވެރިކަން ފަދަ ދާއިރާތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ.

އެގޮތުން ފަތުރުވެރިކަން ކުރިއަރުވަން އަންހެނުންނާއި ފިރިހެނުން މަސްއުނިވާ ގޮތަށް އިވެންޓްތައް ބާއްވައި ކުރިން ގެންގުޅުނު ދީނީ އުސޫލުތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ސައުދީން މިހާރު ދަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި ގިނަ ރިިސޯޓްތަކެއް ވެސް ތަރައްގީ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން