އައްޑޫ ސިޓީގެ ފޭދޫގެ ގޯތި ދޫކުރަން ގުރު ނެގުން ލަސްވީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫއިން ގޯތި ދޫކުރަން ނިންމާފައި ވަނީ ހިތަދޫ، ފޭދޫ އަދި ހުޅުދޫއާއި މީދޫއިން އެވެ.

އޭގެ ތެރެއިން ހިތަދޫ އަދި ހުޅުދޫ އާއި މީދޫއިން ގޯތި ދޫކުރަން އޮތީ ގުރު ނަގައިފަ އެވެ. ނަމަވެސް ފޭދޫގެ ގުރުއަތުލުން ނުފެށޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެކަމާ ގުޅޭ ގޮތުން މޭޔަރު ނިޒާރު ވިދާޅުވީ ފޭދޫގެ ގުރުއަތުލުން ލަސްވީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަލާ ގުޅިގެން ކަމަށެވެ.

"ފޭދޫގައި ލޭންޑް ޔޫސް ޕްލޭން ހެދިއިރު އަޅުގަނޑުމެން ޗާޓުގައި ގޯތި ދޭން ނިންމާފައި އޮތް ތަނަށް ބަދަލެއް އައި. އެހެންްވެ އަޅުގަނޑުމެން ގޯތިތައް އެހެން ބްލޮކަކުން ދޭން ނިންމާފައި ޗާޓުވެސް ނިންމާފައި ވާނީ. އެކަމަށް ވަގުތުކޮޅެއް ނެގީ." އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފޭދޫން ގޯތި ދޭ ލިސްޓަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ތައްޔާރީތައް ވެވިއްޖެނަމަ މި ހަފްތާގެ ބުރާސްފަތި ދުވަހު ފޭދޫގެ ގުރު ނެގޭޥަރުވާނެ ކަމަށެވެ.

އައްޑޫން ގޯތި ދޭން ހުޅުވާލުމުން 4000އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން