ސުޕްރީމް ކޯޓުގެ ހުކުމް މަޖިލީހުން ބަލައިނުގަންނަންޏާ އާންމުން އެއަށް ތަބާވާންވީ ކީއްވެތޯއޭ ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފު) ސުވާލު ކުރައްވައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދަނީ ރިޔާސީ ނިޒާްމް ފުނޑާލުމަށް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ބޭފުޅުން ރާއްޖޭގެ ނިޒާމް ސިފަކުރަނީ ބަރުލަމާނީ ނިޒާމްއެއްގެ ގޮތުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓަކީ ކަނޑައެޅިގެން ޝަރީއަތް ކުރުމާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިފައިވާ ބާރު ކަމަށެވެ. އަދި އެ ބާރުގެ ތެރެއަށް ވަންނަން ރައްޔިތުންގެ މަޖިލީހުން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ވެއްޖިއްޔާ ސުޕްރީމް ކޯޓުގެ ހުކުމްތަކަށް މި މަޖިލީހުން އަމަލު ނުކުރާ ނަމަ އާންމު ރައްޔިތުން ކީއްވެގެންތޯ ރާއްްޖޭގެ ކޯޓުތަކުން ކުރާ ހުކުމްތަކަށް އަމަލުކުރަންވީ؟މިއަދު މި މަޖިލީހުން މި ކުރާ ކަމަކީ ޖަވާބު ދާރީ ކުރުވުމެއް ނޫން. ވެރިކަމަށް ހުރަސް އެޅުން." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެފަދައިން ވިދާޅުވި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާ ގޮތް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ގޮންޖަހައި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ކޯޓުގެ ނިންމުމަށް އަމަލު ނުކުރަން ފާސްކޮށްފަ އެވެ.

ޝަރީފްގެ ވާހަކައިގައި މި ސަރުކާރުގެ ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން ނިންމި ނިންމުމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ވަޒީރުން އައްޔަނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ދީފައި އޮންނަ މުތުލަގު ބާރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން