އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެ، މި ސަރުކާރަށް ތައުރީފް ކުރައްވައިފި އެވެ.

އައްޑޫ ސިޓީގެ ސްޓޭޑިއަމްގައި ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމް މަރާމާތު ކުރުމުގައި ކުރީގެ ސަރުކާރު ތަކުން އޮތީ އިހުމާލުވެފައި ކަމަށެވެ.

އެގޮތުން ފާއިތުވި 10 އަހަރު އެންމެ ކުޑަމިނުން ދަވާދު ކޮޅެއްގެ މިންވަރު ވެސް އެ ތަނުގައި ހާކާނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމްއަކީ އައްޑުއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށް ވާއިރު ވީރާނާ ވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން." ނިޒާރު ވިދާޅުވި އެވެ

އެކަމަކު މިހާރު ކުރިއަށްދާ މުބާރާތް ފަށަށް އެ ސްޓޭޑިއަމް މަރާމާތުކުރަން މި ސަރުކާރުން އަވަސް މަސައްކަތެއްގެ ގޮތުގައި އެކަން ފެށިކަން ނިޒާރު ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސްޕޯޓްސް މިނިސްޓަރަށް ނިޒާރު ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢައިޝް

19-Feb-2024

ކޮންމެސަރުކާރަކުންވެސް ރަގަޅުކަމެއްކޮށްފިއްޔާ ބުނަންޖެހޭ....ދެރައީ ކޮންމެކޮންމެ މީހަކަށް އެހެންނުބުނެވޭތީ...



ޓްރެންޑިން