ބަނގުރަލާއި އޫރު މަހުން މުއާމަލާތް ކުރާ ތަންތަނުގައި މުސްލިމުން މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު އެ ފަތުވާގައި ބުނެފައިވާ ގޮތުގައި ރަލާއި އޫރު މަސް ވިއްކާ، ހަދާ އަދި އެ ތަކެތީގެ މުއާމަލާތްތައް ހިންގާ ތަންތަނުގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާއެއްގެ ގޮތަށް ވެސް މަސައްކަތް ކުރުމަކީ އިޝްތިރާރީ ހާލަތެއްގައި މެނުވީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއުންވެސް އެެއީ ހަރާމް ކަމެއްކަން ކަނޑައަޅާފައިވާ ކަމަށް ފަތުވާގައި ވެއެވެ.

"ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި މިފަދަ މަަސައްކަތުން އާމްދަނީ ހޯދުމަކީ ހަރާމް ކަމެކެވެ. އެ ބޭކަލުން އިސްތިސްނާ ކުރައްވަނީ ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގަ އެވެ." ފަތުވާގައި ބުނެފައި ވެއެެވެ.

ރަލާއި ބަނގުރަލުގެ އިތުރުން އެހެނިހެން މައްސަލަތަކުގައި ވެސް ދީން ހުއްދަ ކުރާ ކަންކަމާއި ނުކުރާ ކަންކަން ބަޔާންކޮށް ފަތުވާ މަޖިލީހުން މި ފަހަކަށް އައިސް ވަނީ ފަތުވާ ނެރެފަ އެވެ.

އެގޮތުން ގައުމީ ސަލާމް ކިއުން ހުއްދަ ކަމަށާއި އަދި ޓެޓޫ ޖެހުން ހަރާމް ކަމަށް ބުނެ ވެސް ފަތުވާއެއް ނެރެފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބަލަންތިބޭ

19-Feb-2024

ލިބޭ ފައިސާ ބަރާބަރު....



ޓްރެންޑިން