ޗާނދަނީމަގު ބިގްމޭން ހުންނަ ޢިމާރާތުގެ 9 ވަނަ ފަންގިފިލާއިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.

މިއަދު މެންދުރު 1:30 ގައި އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިންޑިއާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެޒުވާނާ ވެއްޓިފައިވަނީ އެ ޢިމާރާތުގެ ސިޑިގޮޅިއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ އިމާރާތުގެ ސީލިންގް މަރާމާތުގެ މަސައްކަތެއްގައި އުޅެނިކޮށެވެ.

މިއަދު 11:30 ހާއިރު ހިނގި މިހާދިސާއާއި ބެހޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން