ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދޫކުރި މައްސަލައިގައި ފްލެޓް ކޮމިޓީގެ ބޭފުޅުން މަޖިލީހަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

ކުރީ ސަރުކާރުގައި ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީން ދެން ބާއްވާ ޖަލްސާއަކަށް ހާޒިރުކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހެޅުއްވިއެވެ. އެހުށައެޅުމާ ގުޅިގެން ނެގުނު ވޯޓްގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

ކުރީ ސަރުކާރުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފްލެޓްތައް ބެހުމަށްޓަކަައި "ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެކޮމިޓީގެ ކޯ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވީއިރު އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން