ދިވެހިރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ކުރެއްވި ޓުވީޓެއްގައި އިނގިރޭސިވިލާތުގައި އޮންނަފަދަ، ޤާނޫނު އަސާސީއެއް ރާއްޖޭގައި އޮންނަން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ބޭނުންވެދާނެތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި އެ ޤާނޫނު އަސާސީ އަކީ، ބޮޑު ބައި ނުލިޔެ، އަދި ހަމައެކަނި ރަސްކަން އޮތް ޒަމާނުގެ އާދަކާދަތަކާއި ޑިމޮކްރެޓިކް ބައެއް ހަމަތަކުގެ މައްޗަށް ބިނާވެގެންވާ ޤާނޫނު އަސާސީއެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވަނީ ފޮތުގައި ލިޔެފައި އޮންނަ ގޮތާއި، އަސްލު ކަންހިނގާ ގޮތް، އިނގިރޭސިވިލާތުގެ ބަރުލަމާނުގައި ވަރަށް ތަފާތު ކަމަށާއި، ހަމަނުޖެހޭ ވަރަށް ގިނަ ކަންކަންވެސް އިނގިރޭސި ޤާނޫނު އަސާސީގައި ހިމެނޭކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ޤާނޫނު އަސާސީ އާއި، ވެރިކަމުގެ ނިޒާމު، އިނގިރޭސި ވިލާތުގެ ޤާނޫނު އަސާސީ އާއި ވެރިކަމުގެ ނިޒާމާއި އަޅާ ކިޔާއިރު، ރާއްޖޭގެ ނިޒާމު މާ ފުރިހަމަކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ޤައުމުގެ އެންމެ އިސްވެރިޔާ އިހްތިޔާރު ކުރުމުގެ ހައްޤު ދިވެހިން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަރީފު ވިދާޅުވިއެވެ.
ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑު ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަށް ބަދަލު ކުރަން ތާއިދު ނުކުރައްވާކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.
"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު