ރާއްޖޭގެ އެމްބަސީއެއް ތުރުކީ ވިލާތުގައި ގާއިމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ. އަދި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި 22 ކަމެއް ރައީސް ހިމަނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން