ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއާ ރިޒާވާއެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން އެކަން ހާމަކޮށްފައިވަނީ ދުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއާ ރިޒާވާއެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިތުރު ތިން ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ގާއިމުކޮށް ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ތަރައްގީކުރަން ނިންމީ ގުދުރަތީ ކާރިސާތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކާރިސާތަކާއި ގެއްލުންތައް ކުޑަކުރުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ފޯރަމްގައި ރައީސް ވަނީ ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން