އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަން ދެމިއޮތުމަށްޓަކައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއާ ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، އުފެދޭ ހިޔާލުތަފާތުވުންތައް އެކުވެރި މާހައުލެއްގައި މަޝްވަރާކޮށްގެން ޑިޕްލޮމެސީއަށް އިސްކަމެއް ދީގެން ހައްލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

އަދި އެއީ އިންޑިއާ ކަނޑުގެ ސުލްހަމަސަލަސް ކަމާއި ރައްކާތެރިކަމަށް ވަރަށްވެސް މުހިންމު ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ޝަރީފް މިހެން ވިދާޅުވެފައިވަނީ، އިންޑިއާއާ ރާއްޖެއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަވަސް ކަމާއި ގުޅުވައެވެ. އަލަށް އުފެދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ފެށުމާއެކު އެކި ގޮތްގޮތުން ދެ ގައުމުގެ މެދުގައި ނުސީދާކޮށް ނުތަނަވަސްކަން އިތުރުވެފައިވެއެވެ. ހާއްސަކޮށް އެ މައްސަލަ ފެންމަތިވީ، ލަކްޝަދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ކުޅުއްވި ވީޑިއޯއަކަށް ދިވެހި ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފޫޅުންތަކެއް ފާޑުވިދާޅުވުމާ ގުޅިގެނެވެ.

އެއާއިއެކު އިންޑިއާއިންވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން