މިމަހުގެ 7 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން ޖުމުލަ 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، ވިކްޓްރީއާއި ކުޑަހެންވޭރު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗްގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކުމީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގާ، ވިކްޓްރީގެ ކުޅުންތެރިންނާ އޮފިޝަލުންނަށް މާރާމާރީ ހިންގި މައްސަލާގައި އެކި ދުވަސްމަތިން ގިނަ ބަޔަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިމެޗުގެ 81 ވަނަ މިނެޓްގައި ކުޅުން ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމެޗުން ވިކްޓްރީ މޮޅުވިކަމަށް މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން