ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ގާނޫނަކުން ނަމަވެސް ރާއްޖެ ވަންނަ ބޭރު ފައިސާ ހިފެއްޓޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ސައުދު ވަނީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ ބޭރު ފައިސާ ނުލިބުމުގެ މައްސަލައަށް އަލިއަޅުވާލައްވައި މީސްމީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ޑޮލަރު ލިމިޓްކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ ކާޑު ލިމިޓް ކުރުމަށްފަހު މަހުޖަނުންގެ ވަގު ވިޔަފާރި ފުޅާ ކުރަން ފުރުސަތު ދިނުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

"މި ގައުމަށް ވަންނަ ބޭރު ފައިސާ ގައުމު ތެރޭ ހިފަހައްޓަން ޖެހޭ. ގާނޫނަކުން ވެސް މިކަން ކުރަން އެބަ ޖެހޭ" ސައުދު ވިދާޅުވި އެވެ.

ރާއްޖެއަށް ވަންނަ ޑޮލަރު އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތެއް ހޯދަން ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން މައްސަލައެއް ހުށަހެޅި އެެވެ. ނަމަވެސް އެކަން އެއްވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

ކޮވިޑަށް ފަހު ބީއެމްއެޅް ކާޑުތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު ވަނީ މަހަކަށް ގިނަވެގެން 250 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ބޭންކުގެ އިތުބާރު ހިފޭ މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ބޭންކުން ނިންމާފައި ވަނީ ޑޮލަރު ލިމިޓް 225 ޑޮލަރަށް ކުޑަކުރުމަށް ކަމަށެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ވިސާ ޑެބިޓް ކާޑުތަކުން ޑޮލަރުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް ދަށްކުރަން މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން