މާލޭގައި މަރުވެގެން އައިޖީއެމްއެޗަށް ގެނައި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ރޭ އައިޖީއެމްއެޗަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ ބިދޭސީ މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މަރުވި ފަހުން ކަމަށްވާތީ އެއީ ކޮވިޑް މަރެެއްގެ ގޮތުގައި ނުބަލާނެއެވެ. ނަމަވެސް އެމީހާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުންނެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި 16 މީހަކު މަރުވެފައިވާއިރު އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ މަރުވީ އުމުުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު