ގްރޭޓަރ މާލޭ އޭރިޔާގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއަދުން ފެށިގެން 25 ފެބްރުއަރީ ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ހެލްތް މިނިސްޓްރީއަށް ރަޖިސްޓްރޭޝަން ޝީޓް ފޮނުވުމަށް އެދިފަ އެވެ.

އެކަމަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަނާޅާ ފަރާތްތަކުގެ ފޯމު ބަލައިނުގަންނާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާ އަދި ދިރާގު ބިތްދޮށުގައި އޮންނަ ޕާކިން ޒޯނު އެއްކޮށްލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން