މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރުފިޔާ އެކައުންޓުން މުއާމަލާތް ކުރެވޭ ޑޮލަރުގެ ލިމިޓު ބޮޑުކޮށްފި އެވެ.

މީގެ ކުރިން އިސްލާމިކް ބޭންކުގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ކުރެވެނީ ގިނަވެގެން 100 ޑޮލަރާއި ހަމައަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު 250 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް އިސްލާމިކް ބޭންކުން ވަނީ ބުނެފަ އެވެ.



އެއާއެކު ރާއްޖެއިން ބޭރުގެ ވެބްސައިޓުތަކުން 250 ޑޮލަރަށް ވާވަރަށް ދިވެހި ރުފިޔާ އެކައުންޓުން އެކި ޓްރާންސެކްޝަންތައް ހެދޭނެ އެވެ.

ނަމަވެސް އެ ފުރުސަަތު ހުޅުވާލެވިފައި ވަނީ އެމްއައިބީއަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް ކަމަށް އެ ބޭންކުން ބުނެއެެވެ.

ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓު އެމްއައިބީން ބޮޑުކުރި އިރު ފަހަކަށް އައިސް ޑޮލަރުގެ ވަރަށް ބޮޑު ތާށި ކަމެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ ބީއެމްއެލުން ޑޮލަރު ލިމިޓް ވަރަށް ބޮޑަށް ކުޑަ ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސަރުކާރުން ދާދި ފަހުން ބުނެފައިވާ ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރަން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުން ނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ، ބޭންކިންގ ނިޒާމުގެ ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަކަށް ކަސްޓަމާރުންނަށް ފޯރު ކޮށްދޭ ބޭންކެކެވެ. އެގޮތުން އެބޭންކުން ވަނީ ކަސްޓަމަރުން ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން އޮންލައިންކޮށް ބޭންކްގެ ހުރިހާ މުހިންމު ޚިދުމަތްތަކެއް ހޯދޭނެ ވަސީލަތްތައް ގާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން