ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. މިމަސައްކަތުގެ އެއްބަސްވުމެއްގައި އެޗްޑީސީން މިހާރުވަނީ އެ ގްރޫޕާއެކު ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ހިޔާ ޓަވަރު ތަކުގައި ގާއިމު ކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މީގެތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ގާއިމުކުރުން ހިމެނޭނެކަމަށްވެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން