ޒަހީނުއްދީން ސަޢީދު   31 ޖުލައި 2020 - 18:40
އައްޑޫސިޓީ އޭރިއަލް ފޮޓޯއެއް
އައްޑޫސިޓީ އޭރިއަލް ފޮޓޯއެއް
އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ހިތަދޫގައި އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް މިއަދު ހުށަހަޅާފައި ވާ ކަމަށާއި، އެ މައްސަަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ރޭޕާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެފަދަ މައްސަލަތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ މާލޭގައި މުޒާހަރާކޮށް އަޑުއުލާފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން