ޗައިނާގެ ފުޖިއަން ޕްރޮވިންސުން ރާއްޖެއައި ފުރަތަމަ ސީދާ ފްލައިޓްގެ ފަތުރުވެރިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިހަފްލާ ބާއްވައިފައިވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ފަތުރުވެރިންނާއެކު ޒިއަމަން އެއަރވޭސް ފްލައިޓް ދިވެހިރާއްޖެއަށް ފުރަތަމަ ކުރި ދަތުރު ފާހަގަ ކުރުމުގެ ގޮތުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ކުރިއަަށްދިޔަ މި ހަފްލާގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ވަނީ ބައިވެރިވެފައެވެ.



ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ވަނީ 187،125 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން